ބުރަފަތި ޒަރީރު އުފެއްދި ސަރަނގް އޮފީހުގެ އޮޑިޓް ރިޕޯޓް
Posted on
Tuesday, June 15, 2010
and filed under
breakingnews
,
Hulhudhoo
,
news
,
Thakleef
. You can follow any responses to this entry through theRSS 2.0
. You can leave a response or trackback to this entry from your site
ސަދަން ޔޫޓްލިޓީސްގެ ނަމުގައި ހިންގާ ގޮތްނޭގޭ އަދި މިސްރާބު ނޭގޭ ކުންފުނިން ދާދި ފަހުން ހުޅުދޫ މީދޫ އިންޖީނުގޭގައި އުފެއްދެވި ސަރަނގް މުނިސިޕަލް ވަޒީފާއަކީ ކޮން މަގުސަދެއްގައި އުފެއްދި ދެ ވަޒީފާތޯ މިއަދު އަޅުގަޑުމެން ބަލާލުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މި ދެވަޒީފާޔަށް ކޮންމެހެންވެސް އަޅުގަޑުމެން މި ބަލާލަންމިޖެހުނީ ، އެމްޑީޕީގެ ހަމަހަމަ ތިލަފަތުން ކިރެމިނުމަށްފަހު ދެރަށަށް ހަމަޔަށް ދެ ސަރަނގު ބެހިތާން މިހާރު މަސްދުވަސް ވެފައިވާއިރުވެސް މި ދެވަޒީފާ އުފެއްދުމުގެ ބޭނުމެއް ހަމަ ނުވިސްނޭތީއެވެ.
ސަރަނގު ވަޒީފާއަކީ އުސޫލެއްގެ ގޮތުންބަލާއިރު ކޮންމެހެންވެސް އޮތުން ރަގަޅު މުހިންމު ވަޒީފާއެކެވެ. ރަށުގެ އުމްރާނީ ބޮޑެތިކަންތައްތަކުގަޔާއި ރަށުތެރެ ސާފުތާހިރުކުރުމުގަޔާއި ރަށުގެ މަގުތަށް މަރާމާތުކުރުމާއި މިފަދަ މިފަދަ މުހިންމު ކަންތަށްތަކަކީ މިދެންނެވުނު ސަރަނގުގެ ބެލުމުގެ ދަށުން ކުރުވާ ކަންތައްތަކަށް ވާއިރު ޔޫޓްލިޓީސް ސަރަގުން މިހާތަނަށްކުރީ ކޮން މަސައްކަތެއްތޯ އަދި ކުރަން ރޭވިފަ ހުރީ ކޮންމަސައްކަތެއްތޯ ސުވާލު އުފެދެއެވެ. މިހެންމިދެންނެވީ ރަށުގެ މަގުތައްމަތީގައި ހެދިފަހުރި ވަޅުގަޑުތައް ބޮޑެތިވަމުން ގޮސް މިހާރު އެއިން ވަޅުގަޑެއްގަ، މި އުޅޭ މރ.ޔޫޓްލިޓީމެން ސައިޒުގެ އަތްފުޅާ ހަމީހުންގެ ސަންދޯކު ވަޅުލެވޭވަރުގެ ބޮޑެތި ވަޅުގަޑުތަކަށްވެ މަގު ހަލާކުވެގެން ދާއިރުވެސް މަރާމާތުކޮށްލަން ފަސްކޮޅެއް އަޅާލާނެ ބަރޯ ގާޑިޔާގަޑެއްވެސް މިއިން ސަރަނގަކަށް ލިބިފަނެތެވެ. ރަށުގެ އެތަންމިތަނުގައި ކުނިތަށްގިނަވެ އެކި ބަލިބަލިޔަށް މީހުން ވާރުތަވެގެންދާއިރު އެއިން ކުނި ކޮޅެއް އުކާލަދޭނެ ފެންވަރުވެސް މިއިން ސަރަނގަކަށް އަދި ލިބިފައެއްނެތެވެ.
ކޮންމެޔަކަސް ގިތެއުފިޅީގެ މުރާސިލުން ހޯދި ހޯދުންތަކުން އެގޭ ގޮތުގައި ހުޅުދޫ މީދޫ އަށް ދެ ސަރަނގުން ހަމަޖައްސާ ވަޒީފާދިން އިރު ހަމައެކަނި މިދެމީހުންނަށް މަސައްކަތް ކުރުމަށްޓަކައި ހަވާލުކޮށްފައިވަނީ ކޮމްޕިއުޓަރަކާއި މޭޒްގަޑަކާއި އިށީންނާނެ ގޮޑިއެއް އެކަނިއެވެ. ވަޒީފާ އަށް ބޭނުންވާނެ އިތުރު އެއްވެސް ވަސީލަތެއް ދީފައެއްނުވެއެވެ. މަސްދުވަސްވެގެން ދިޔައިރު މަސައްކަތެއް ނުކުރެވުނުތާގައި ކޮންމެ ސަރަނގަކަށް މަދުވެގން 12000 ރުފިޔާވަރު މުސާރަޔަށް ޙަރަދުވާނެކަން ޔަގީނެވެ. މީ ޔޫޓްލިޓީ ގެ މޮޅޮ ޗެޔާމަންގެ ބޮޑު ބުއްދިން އުފެއްދި ވަޒީފާއިން ރައްޔަތުންނަށް ކުރާ ފައިދާއެވެ. ފަހަރެއްގަ ސަރަނގުގެ ވަޒީފާ ޔޫޓްލިޓީސް ކުންފުނީގައި އުފައްދާ ހުޅުދޫމީދޫ އިންޖީނުގޭގައި މި ދެ ވަޒީފާގެ ސިއްކަ ޖެއްސެވީ ކޮއްކޮ އަށް މެމްބަޅުކަން ހޯދާދިނުމަށް މަސައްކަތްކުރި މީހުންނަށް ވަޒީފާދިނުމުގެ ބޭނުމުގައި ކަމަށްވެދާނެއެވެ.
އެގޭކަމަކީ އަދި ކުރާނެއެއެއްވެސް މަސައްކަތެއް މިދެންނެވުނު ސަރަނގް އޮފީހުގައި ނެތްކަމެވެ. މީގެ ތެރެއިން އެއްސަރަނގް ދަތުރުފަތުރުގެ ނިޒާމުން ދަތުރުކުރާދޯންނެއް ދަތުރުކުރާހެން ދެރަށުދޭތެރޭ އެއްގަމު މަގުން ދަތުރުކުރާއިރު އަނެއް ސަރަނގް ގެ މަސައްކަތަކީ ޑިއުޓީގަޑީގަ އަތޮޅުގެ އެތަންމިތަނަށް އޭނަގެ އަމިއްލަ ލޯންޗްގައި ދަތުރުކޮށްދީ ލާރިހޯދުމެވެ. ފަހަރެއްގަ މި ލާރިތަކަކީ ކަރަންޓްބިލުން ބޮޑުވާ ބައި ރައްޔަތުންނަށް ދިނުމަށްޓަކައި ސަބްސިޑީ ދިނުމަށް ހޯދާ ލާރިތަކަކަށްވެސް ވެދާނެއެވެ. ކުރިޔަށް އޮތްތަނުގައި މިދެސަރަގުން ކުރާނެކަމަށް އަދި ނޭގެއެވެ. ދެ ސަރަނގުންވެސް ވިސްނުންތެރިކަމާއެކީ ދެރަށަށް ފައިދާހުރިކަމެއް ކޮށްދެވޭތޯ އިޙްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެވޭތޯ ބެލުމަކީ އަޅުގަޑުމެންގެ އެދުމެވެ. މި އަންނަމަހުވެސް އިރާދަކުރެއްވީޔާ ސަރަނގުންގެ މައްސަރު ޙްލާސާ ކުޑަކުޑަ އޮޑިޓް ރިޕޯޓެއް ގިތެއުފިޅިން ނެރެވޭތޯބަލާނަމެވެ. ވައްސަލާން.