BREAKING NEWS

Poor people belived me when I said this

ދަތުރުފަތުރާއި މީދޫ މީހުން

Posted on Thursday, June 10, 2010 and filed under , , , . You can follow any responses to this entry through theRSS 2.0 . You can leave a response or trackback to this entry from your site

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރައްތައް ގުޅުވާލުމަކީ މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ. ރާއްޖޭގެ ކޮންމެ ރައްޔަތަކުވެސް އެމީހެއް ހިމެނޭ ސަރަހައްދެއްގައި ދެވޭ ދަތުރުފަތުރުގެ ނިޒާމަކުން ފަސޭހަކަމާއެކު އެއްރަށުން އަނެއްރަށަށް ދަރުތުކުރެވޭނެ ކަމުގެ ހުވަފެނަކީ އެމްޑީޕީ އިއްތިހާދު ސަރުކާރުން އަޅުގަޑުމެންނަށް ދައްކަމުންދިޔަ ބޮޑު މަންޒަރެވެ. ވެރިކަމާ ހަވާލުވިތާ އަހަރެއްވީއިރު އެމް.ވީ.ކޭ ނަމަކަށް ކިޔާކުންފުންނަކާއެކު ދަތުރުފަތުރުގެ ޙިދުމަށްދިނުމަށްޓަކައި ދެކުނުޕްރޮވިންސުގެ އައްޑޫއާއި މުލަށް ހިމެނޭގޮތަށްވަނީ އެގުރިމެންޓެއްގެ ދަށުން ދަތުރުކުރަންފަށާފައެވެ. ކޮންމެސިފައެއްގައިވިޔަސް މިއަދު އަޅުގަޑުމެންގެ ހުޅުދޫ މީދޫއާއި ޖެހިގެން އޮތް ފަރުތެރެއާއި ވަނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލެވިފައެވެ.

ދަތުރުކުރާ ފެރީތަކަށް ބަލާލާއިރު އުޅަދުތަށް، ކުރިން ހުޅުދޫ މީދޫއާއި ފަރުތެރެ އާއި ދޭތެރެ ދަތުރުކުރި ދޯނިފަހަރަށްވުރެ ރަގަޅެވެ. ބައެއްފަހަރު ދޯނި ފަހަތަށް ޖެހުމުން ދޯނީގެ ހުންގާނު ޖެކްގެ ބޯލްޓް ނައްޓާއިގެން ދިޔައަސް އަދި ޕަސެންޖަރުންނާއެކު ކަޑަށް ހުއްޓުނަސް ހުޅުދޫ މީދޫއާއި ފަރުތެރާދެމެދު ދަތުރުކުރާދޯންނަށްވުރެ މުލަކާއި އައްޑޫދޭތެރޭ ދަތުރުކުރާ ދޯނީގެ ފެންވަރު ރަގަޅުކަންވެސް އަޅުގަޑު ފާހަގަ ކޮށްލަމެވެ.

މިހުރިހާކަމެއް މިހެންހުރެމެ އަދި ސަރުކާރުގެ ވައުދު ނަމެއްގަވިޔަސް ފުއްދިފައިވާއިރު ސުވާލަކީ ހުޅުދޫ ރައްޔަތުންނަށް މި ދަތުރުފަތުރުގެ ނިޒާމުން ލިބެނީ ފަސޭހަތޯ ނޫނީ ގެއްލުންތޯއެވެ. ދަތުރުކުރާ ހުޅުދޫ މީހުން ދަތުރުކުރަނީ ހިތްހަމަ ޖެހިގެން އަދި ދަތުރުކުރާހިތުންތޯ ނޫނީ އެހެން ގޮތެއްނެތުނީމާ މަޖުބޫރުވީމަ ދަތުރުކުރަނީތޯއެވެ. މިހުރިހާ ކަމަކަށް ބަލާއިރު އަޅުގަޑަށް ވިސްނުނީ އެންމެ ކަމެކެވެ. ދިވެހިރާއްޖޭގެ ގާނޫނޫއަސާސީގައި ބުނެފައި އެވާ ކޮންމެ ދިވެހިރައްޔަތަކީ ދިވެހިރާއްޖޭގައި ހަމަހަމަ މީހެއްކަމަށާއި އަދި ވަކިޖިންސަކަށް ވަކި އުމުރަކަށް އެއްވެސްތަފާތުކުރުމެއްނެތި ދިރި އުޅެވޭނެ ކަމަށް ބުނާ ބުނުމާއި ދިމާ އިދި ކޮޅަށް ދާތަނެވެ. އަޅުގަޑުމެން ހުޅުދޫ ރައްޔަތުންނާއި ދޭތެރޭ ތަފާތުކުރަމުން ދާތަނެވެ. އަޅުގަޑަށް އެގޭ ކަމަކީ ހުޅުދޫ މީހަކު މީދޫ ޖެޓީއަކުން ފުރައިގެން ދާކަށް ހިތްހަމަނުޖެހޭނެ ކަމެވެ. އަދި މި ދެންނެވުނު ދަތުރުފަތުރުގެ ނިޒާމުން ސީދާ ހުޅުދޫ ރައްޔަތުންނަށް ލިބެމުން ދަނީ ބޮޑު ގެއްލުމެއްކަން މިއަދުގެ ސަރުކާރަށާއި ހުޅުދޫ އިބްރާހިމް ކޮށްކޮއަށް އަންގާދެމެވެ. މި ދަތުރުފަތުރުގައި ހުރި ދަތިކަމާއި އުދަގޫބޮޑުކަން އެންމެ ބޮޑަށް އެގޭނެ އެކަކަށް އިބްރާހިމްކޮށްކޮވާނެކަން ޔާގީނެވެ.

ވައުދެއްވެފަ އެވައުދެއް ފުއްދާއިފީމޭ ބުނެވޭ ބަހުގެ މާނައަކީ އެކުރެވުނު ވައުދަކާ ސީދާގުޅުންހުރި ބަޔަކަށް ނޫނީ ކަމަކަށް އެކަމުން ލިބެންޖެހޭ ފަސޭހަތަކާއި ނަފާއެއް ލިބިގެން ދިއުމެވެ. އެހެންނަމަވެސް މިއަދު މިފެންނަނީ ދިމާ އިދިކޮޅަށެވެ. މީގެ ކުރިންވެސް ހުޅުދޫ މީދުއާއި ފަރުތެރެއާއި ދެމެދު ކުންފުންނަކުން ވަނީ ދަތުރުފަތުރުކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮންމެ ސަރުކާރަކުން ކުރިކަމެއްކަމުގައިވިޔސް ޙިދުމަތް ދީފައިވަނީ ދެފަރާތަށްވެސް ހަމަހަމަ ވާގޮތަށެވެ. ވަކިފަރާތަކަށް ބުރަކޮށެއްނޫނެވެ. ހުޅުދޫއިން މީހުންނަގައިގެން މީދުއަށް ކާރިކޮށްފަ މީދޫމީހުން ނަގައިގެން ނޫނީ ދުވަހަކުވެސް ދަތުރެއްކޮށްފައެއްނެތެވެ. ބަޔަކު ޙިދުމަތާދޭތެރޭ ބުނާނައެއްޗެއްނެތެވެ.

އެހެންނަމަވެސް އޯގާތެރި ސަރުކާރުގެ ދަތުރުފަތުމީ ޔަގީންކުރެވޭގޮތުގައި ވަކިފަރާތަކަށް ހިބައިންދީފަ ވަކިރަށެއްގެ ބަޔަކު ދަރުތުކުރަން އޮންނަ ފެރީއެކެވެ. ހުޅުދޫ މީހުންނަށް ރަށުގައިތިބެފަ ޓެކުސީއަކަށް ލާރިދީގެން ނޫނީ ލާރިނެތްމީހުން ހިގާފަ ދޯންނާއި ހަމައަށް ދެވޭއިރު ދޯނީގެ ޖާގަ އޮންނަނީ ހުސްވެފައެވެ. ބޮޑެތި ދުފާ ކޮތަޅުތަށް އުގުމަތީ ބާއްވައިގެން އަގައިގެ ދެމިޔަކަނުން ކުޅުވައްޓާލައިގެން ހެވިފަ ތިބޭތަން ފެންނަނީ މީދޫ މީހުންނެވެ. ހުޅުދޫ ބަޔަކަށް ޖާގައެއްނެތެވެ. އަޅުގަޑުމެން ދާންބޭނުންކަމުގައި ވަނީ ނަމަ ޖެހެނީ ދޯނީގައި ކޮޅަށްތިބޭށެވެ. އެހެންނަމަވެސް އިށީދެގެން ހުންނަ މީދޫމީހާއާއި އެއްވަރަކަށް ލާރިދޭންޖެހެއެވެ. ދޯނީގައި ބަޔަކު ކޮޅަށްތިބީ ޖާގަ ފުރިގެންތޯ ނޫނީ އިށީއްނާނެއް ގަލެއް ނުފެނިގެންތޯ ކައްޕި ވެސް ބަލާކަށް ބޭނުމެއްނުވެއެވެ. ކުއްވެރިވެދާނެތީތޯ ނޫނީ ލިބޭ ލާރި މަދުވެދާނީތޯ ރަގަޅަށް އެގޭނީ ކައްޕިއަށެވެ.

މީދޫ މީހުންނަކީ ޒާތެއްގެ ބައެކެވެ. ކަމެއްބޭނުންވެއްޖެ ކަމުގައިވަނީނަމަ ކުޑަކުދިން ބޮޑާހާކާހެން ބޮޑާހޭކުމާއި ގޮތް ދޫކުރަނުކުރުމަކީ އާކަމެއްނޫނެވެ. ކުރިން ދަތުރުފަތުރު ދޯނި ނެތްއިރު މީދޫ މީހުން ގަމަށްދާދޯނި ހަލާކުވުމުން ކޮންމެދުވަހަކު ހުޅުދޫ ބީރާ ދޯނި ( ދޯނީގެ ނަމެއްނޭގޭ )ޖެހެނީ މީދޫއަށްގޮސް މީދޫ މީހުންނަގައިގެން ގަމަށް ދާށެވެ. ދުވަހަކުވެސް މީދޫ މީހަކު ހުޅުދޫއަށް ގޮސް ހުޅުދޫ ޖެޓީއަކުން ފުރައިގެން ގަމަށްދާކަށް ބޭނުމެއްނުވެއެވެ. ޙަރަދުކުޑަވާނެ ގޮތަކަށް އެހީތެރިވާކަށްވެސް އެމީހުންބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހުޅުދޫ ގަމަށްދާ ދޯނި ހަލާކުވެއްޖެ ކަމުގައި ވަނީނަމަ ހުޅުދޫ މީހުން ޖެހެނީ މީދުއަށް ގޮސް މީދޫ ޖެޓީއިން ފުރައިގެން ދާށެވެ. މީ ތާރީޙްގައި ކަންވެފައި އޮތްގޮތެވެ. އަނެއްކާވެސް މިއަދު މިއޮތީ ތާރީޙް އިއާދަވެފައެވެ. މިއަދު ހުޅުދޫގައި ގަމަށްދާނެ ދޯނެއްނެތެވެ. ހުސެއިނާ ހުރީ ޗުއްޓީގައެވެ. ހުޅުދޫމީހުން ޖެހެނީ މީދޫއިން ފުރައިގެން ގަމަށް ދާށެވެ. ކޮންކަހަލަ އިންސާފެއްތޯއެވެ. ސަރުކާރުޕާޓީގެ ދިދައިގެ ތިލަފަތް ހަމަހަމަ ވިޔަސް ކަމާއި ބަހުން ހަމަހަމަ ނުވާކަމުގައިވަނީނަމަ އިބްރާހިމްކޮއްކޮ އާއި މަނިކްފާންގެ ސަރުކާރާއިދޭތެރޭ ރައްޔަތުންވެސް އަދި މަކަލޯ ފަކީރާވެސް ވިހުރުވާލާނީ ޓާޓާގެ އަތެވެ.

ދެންއޮތީ މުޅިން އެހެންވާހަކައެކެވެ. އެއްފަސްވެފައޮތް ދެ ރަށެއްވީއްޔާ ސަރުކާރަށްވެސް އަދި އެހެންބަޔަކަށްވިޔަސް ޙަރަދުކުޑަވާނީ އިދާރީގޮތުން އެއް ރަށެއްގެ ގޮތުގައި ހިންގުވުމެވެ. އެއް އޮފީހަކާއި އެއްބަދަރަކާއި އެއް ސްކޫލަކާއި އަދި އެއް ސިއްހީއިދާރާއެއް ހުރުމަކީ އެތަންތަނުން ދޭޙިދުމަތް އެންމެ ކާމިޔާބްކަމާއިއެކުދެވޭނެ ހަމައެކަނި މަގެމެވެ. މިކަން ހުޅުދޫ ރައްޔަތުންނަށް އެގޭތީ އެއްފަސްކުރުމަށް ތާޢީދުހޯދުމަށް މީދޫގެ ބޮޑުންނާއި މީގެ ކުރިން ވާހަކަދެއްކުމުން އެމީހުން ކަޑައެޅިގެން ހެދީ ދެކޮޅެވެ. މިކަމުގައި އަޑީގައިތިބެގެން ދެކޮޅުހެދިމީހުންގެ ތެރޭގައި ސޫދާއި އަދި މުނައްވަރު ހިމެނޭކަމަށް އަބުދުލް ބާރީގެތެރެއިން އަޑުއިވެއެވެ.. އެއްފަސްކުރުމުން ލިބޭނޭކުރިއެރުންތަކާއި ފާއިދާއެގިހުރެވެސް އެމީހުންބުނެފައި އޮތީ ހުޅުދޫ މޮޔައިން މަސައްކަތް ކުރަނީ ތިމަންނަމެންގެ ތަރިކަތަކާއި ތާރީޙީ ގަބުރުސްތާން ހޯދުމަށްކަމަށެވެ. އަޅުގަޑުވިޔަސް ބަންގާޅީޔަކުވިޔަސް މައްޔިތާގެ އާއިލާ ރުހޭކަމުގައިވަނީނަމަ ވަޅުލާނީ މީދޫގައިނަމަ ހަމަ މީދޫ ގަބުރުސްތާނުގައެވެ. މާބޮޑު މަސައްކަތެއްނުކުރިޔަސް އެއޮތީ ގަބުރުސްތާންލިބިފަ ނޫންތޯއެވެ؟ މީ އެމީހުންގެ ވާހަކައާއި ވިސްނުންހުރިގޮތެވެ.
މިހުރިހާވިސްނުމެއް މިހެންހުރި އިރު އަޅުގަޑުމެން މިކަމަގައި ދޫދޭންޖެހޭނެގޮތެއް އަޅުގަޑަކަށްނުވިސްނެއެވެ. އަޅުގަޑުމެންވެސް އެއްފަސް ކީއްކުރަންތޯ އެއްވެސްކަމަކަށް މިހާރު ދޫދޭކަށްބޭނުމެއްނުވެއެވެ. މިއަދުގެ ސަރުކާރަށާއި އިބްރާހިމް ކޮއްކޮއަށާއި އަދި ދޮން ލޮބޯއެއްފަދަ ، ވަންނަ ކޮންމެގެޔަކު ކުއްޖަކާ އިންނަންބުނާ (ފިރިހެނަކަށްވިޔަސް ، އަންހެނަކަށްވިޔަސް ) މަނިކްފާނަށް ދަންނަވަންއޮތީ އަޅުގަޑުމެންގެ ރަށަށް ތިބޭފުޅުންގެ ސަރުކާރުން ވައުދުވެފައިވާގޮތުގެ މަތިން ދަތުރުފަތުރުގެ ނިޒާމު ހަމަޖައްސައިދުނުމަށެވެ. އަޅުގަޑުމެން 50 އަހަރު ފަހަތަކަށް ދާންބޭނުމެއްނުވެއެވެ. ފެށުނީއްސުރެންވެސް އަޅުގަޑުމެން ދަތުރުކުރީ އަޅުގަޑުމެންގެ ރަށު ބަނދަރުންފުރައިގެންނެވެ. ދެންމިއަދު އެހެންބައެއްގެ ފައިދަށުވާކަށް އަޅުގަޑުމެންނުޖެހޭނެއެވެ. ހަމަޖައްސާނުދީފިކަމުގައި ވަނީނަމަ ކުރިއަށް އޮތްތަނުގައި ކަންތައްތައް ވާނެ ގޮތަކާއިމެދު ވިސްނާލުން ބުއްދިވެރިކަމެއްކަމުގައި ފެނެއެވެ. މޮހަނަށް ދޯނި ދިންގޮތަކަށް ދޯންނެއް އަޅުގަޑުމެން ދޭންނުހަދާ ކުރިޔަށްވެސް އިންތިޙާބެއް އޮތްކަން ވިސްނާ ވަޑައިގަތުމަށް ނަސޭހަށްތެރިވަމެވެ. ސަލާން.

0 Responses for “ ދަތުރުފަތުރާއި މީދޫ މީހުން”

Leave a Reply

Recently Commented

Recent Entries

Photo Gallery