Posted on Tuesday, June 8, 2010 and filed under breakingnews , Hulhudhoo , news , Thakleef . You can follow any responses to this entry through theRSS 2.0 . You can leave a response or trackback to this entry from your site
ކޮންމެމީހަކުވެސް އެމީހާ އެއެދޭކަމެއް ހާސިލްކުރަން ނިކުންނައިރު އެކިކަހަލަ ހުވަފެންތަކާއި ހިޔަނިތަށް އެކި ކުލަކުލައިގަ ދައްކާނެއެވެ. އެއެދޭކަމެއް ހާސިލުކުރަން އުޑުގަ ހުރި ތަރިތަކާ ހަނދުވެސް އެއީ ނުވާނެކަމެއްކަން ކަޑައެޅިގެން އެގިހުރެވެސް ބާލަދޭނެކަމަށް ބުނާނެއެވެ. ވައުދުތަކާއި އަހުދުތަށް ނިކަމެތި ރައްޔަތުމީހާގެ ބޮލަށް އޮއްސަމުންދާނެއެވެ. ގާނޫނާއި ގަވާއިދު ތަންނުދިންކަމުގައިވިޔަސް އަތޮޅު އޮފީސްތަކާއި، ރިޔާސީ ގަޑުވަރުވެސް އެމީހާގެ ރަށަށް ބަދަލުކޮށްދޭންބުނާނެއެވެ. މި ހުރިހާހުވަފެނެއްގެ އަވާގައިޖެހި މަސްތު ހާލުގައި ހުރެ ދަރިޔަގެ ކާވޭނަށް ކަށްކާނުދިން މަންމަވެސް ކަށްކާދީ ހަދާނެއެވެ. އެހެންނަމަވެސް އެބޭނުންވި ކަންތަށް ހާސިލުވެ ހަމަނިމުމާއެކު އެއްކަލަ ކުރިން ވީ ވައުދުތަކާއި އަހުދުތައް ހަދާނެތިދެއެވެ. ދެން އަވަސްވެގަންނަނީ އާއިލީ މީހުންނަށާއި ގާތްތިމާގެ މީހުންނަށް ތިމާގެ ނުފޫޒާއި ބާރުން ގަދަރުވެރި އިއްޒަތާއި، މުސާރަ ލައްކައިން ގުނާލެވޭވަރުގެ ވަޒީފާތަށް ތަބަކަށްލާ ހިބައިންދޭށެވެ.އެއަށްފަހު ތިމާކޮންމެހެން ހެދިޔަސް އާއެކޭބުނާކަހަލަ ގައްދާރުން ގޮވައިގެން މާފިޔާ ގުރޫޕް ހަދާލައިގެން މަސައްކަތް ކުރަންފަށަނީ ތިމާއަށް މަގާމު ހަވާލުކުރަން ނުކައިނުބޮއި ތިބެ މަސައްކަތް ކޮށްދިން ނިކަމެތި ރައްޔަތުންގެ ބޮލަށް ފައިން އެރޭތޯއެވެ. ވައުދުތަކާއި އަހުދު ހަދާން ނެތިގެންދާއިރު ތިމާޔަށް ތިމާގެ ރަށުމީހުންފެނުމުންވެސް ދެން އެގޭކަމަކަށް ނުވެއެވެ. އަތުގައި އޮންނަ ފޯނަށް ގުޅާ ކޮންމެ މީހަކީވެސް ބޮޑުލާރިގަޑެއް ހޯދުމަށް ގުޅާ މީހެއްކަމަށް ހީކޮށް ފޯނުގެ ޔޭސް ބަޓަނަށް ފިތާލާކަށް ނުކެރެއެވެ. މީހަކު ކަމަކު އެދިފިނަމަ މަގޭ ކުލިޔޭ، މަގޭ ބިން ކުލިޔޭ، މަގޭ ނާޗަރަންގީ ކުލިޔޭ ކިޔާ ބޮޑު ހާސާރުގަޑެއް ކަމަކު އެދުނުމީހާގެ މޫނުގައި ދަމާލައެވެ. ދުވަހަކުވެސް ތިމާމީހާއަށް މަގާމާއި އިއްޒަތާއި ޖާހު ދިންމީހުންގެ ހާލުބަލައިލަން ބައްދަލުކޮށްލާކަށް ތިމާގެ ހިތެއް ނޭދޭނެއެވެ. ހަމަހައްތަހާވެސް ހީވަނީ އަތުން ބޮޑު ލާރިގަޑެއް ހިގައިދާނެހެންނެވެ.
އިއްޒަތްލިބުމަށްފަހު، ނަމުގެ ކުރިޔަށް އިއްޒަތްތެރި މިބަސް ބޭނުންކުރަން ފެށުމުން ނިކަމެތި މީހަކު ތިމާގެ ލޮލަކަށް ހަމަހިލާ ނުފެންނާއެވެ. ފެނިއްޖެއިއްޔާ ތިމާ ބަގުރޫޓްވެދާނެހެން ހީވެދެއެވެ. ދެން ހުސްފެނާނީ މަނިކުފާނުންތަކެވެ. ގަދަރުވެރިންނެވެ. ވަންނާނެ ދޮރަކަށް ފެންނާނީ ވާރޮގޭ ( ރަށްރަށުގައި އާންމުކޮށް މިނަން ކިޔާ ގޭގެޔަކީ ވަރަށް ގަދަރުވެރި ބޭފުޅުންނަށް ނިސްބަތްވާ ގޭގެއެވެ ) ދޮރެވެ. އޭގެ ކުރިން ތިމާ އެއެދޭކަން ހާސިލުކުރަން ނިކުންނަދުވަހު އެންމެނިކަމެތިމީހާގެ ދޮރުވެސް ފެންނާނެއެވެ. މުސްކުޅިޔަކު ފެނިއްޖެއްޔާ އަތުގައި ހިފާފަ ހަށިގަޑާ ގާތްކޮށްލާ ދައްތާ ނޫނީ ބެއްޔާ ކިޔާ ގޮވާލާނެއެވެ. ބޭނުންފުދުނީމާ ބެއްޔާ ތަށަށްކިޔަނީ އިލްޔާސޭވެސް، ޖަމީލުބޭބޭވެސް އަހާނުލާނެއެވެ. މިހުރިހާކަމެއް މިހެންހުރެވެސް އަނެއްކާވެސް ތިމާއަށް ނޫނީ ތިމާ އެދޭބަޔަކަށް މަގާމެއް ދޭން ބޭނުންވީމަ ރައްޔަތުމީހާ އަށް އެކިކުލަކުލައިގެ ހުވަފެންދެއްކުމާއި، ރަށުގައި ޖެހިގެން އޮންނަ ހެރަގަޑުވެސް ދުބާއީއަށް ހަދަން ތިމާގެ ނުފޫޒުން އިއުލާން ކުރުމާއި ރައްޔަތުމީހާގެ މަސްޓަނު ގަންނަ އަގުވެސް 100 ޕަސަންޓް ބޮޑުކުރުމަކީ މިކަހަލަ ބޭފުޅުންގެ ފޫޅުން ތިރީގައި ބާރަށް ހިފާފަހުރި ކަންތައްކެވެ. ދެރަކަމަކީ މީ ހުސް ނާނާ ހުވަފެންކަން އަޅުގަޑުމެންގެ އެދުރުން އަޅުގަޑުމެންނަށް ބުނެނުދީ އޮތްކަމެވެ.
ތިމާޔަށް މަގާމު ދީފިކަމުގައިވަނީނަމަ ތިމާޔާ ބައްދަލުކުރެވޭނެހެން ވަރުވަރުގެ އޮފީސް ތަކާއި ޒަމާނީ ތެކުނޮލެޖީ ގެ އެހީގައި ބައްދަލުކުރެވޭނެ މަގުވެސް ކޮށާދޭނެ ކަމަށް ބުނާނެއެވެ. އެހެންނަމަވެސް ހުޅުވިގެންދާ އޮފީހަކީ މަގާމުގެ ގެރެންޓީ ހަމަވާން 3 މަހަށްވީމަ އަނެއްކާވެސް މަގާމު ހޯދުމުގެ ބޭނުމުގައި ރައްޔަތު މީހާކާރީ ސަލާން ޖަހަން ހުޅުވާ އޮފީހެކެވެ. ނިކަމެތި ރައްޔަތު މީހާކާރީ ބުނި ތެކުނޮލެޖީގެ ބޭނުން ނުހިފިގެން އުޅެނިކޮށް ރައްޔަތުމީހާ އެ ތެކުނޮލެޖީގެ އެހީގައި އެމެރިކާގައި ހުންނަ މީހާއަށްވެސް މި ވާނުވާބުނެދީ ތަންތަނުގެ ފާރުތަކުގައި ލިޔަންފަށައެވެ.
ތީ ދޮގެއް މަ ގަބޫލެއް ނުކުރާނަން..... އިލްޔާސްއަކީ ވަރަށް ބަސް އަހާ ކުއްޖެ... އަޅުގަނޑު ސަޕޯޓް ބުރަން