Posted on Sunday, June 6, 2010 and filed under breakingnews , news , Politics , Thakleef . You can follow any responses to this entry through theRSS 2.0 . You can leave a response or trackback to this entry from your site
ހުޅުދޫގެ ލޮބުވެތި އެންމެހާ ރައްޔަތުން...އައްސަލާމު އަލައިކުމް. ފާއިތުވެދިޔަ އަހަރުތަކުގައި ހުޅުދޫގެ ރައްޔަތުންނަށްޓަކައި އަޅުގަޑުމެންގެ ހިތުގެ ޝުއޫރުތަކާ އިހުސާސްތައް ބޭރުކުރަމުން ދިޔައީ، އެއްގޮތަކަށްވެސް ތިޔަ ރައްޔަތުންގެ ހާލަތާއި ވިންދު އަޅުގަޑުމެންނަކަށް އެގިގެނެއްނޫނެވެ. އަދި އެވިންދާއި ހާލަތު އެގޭބައެއްގެ ގޮތުގައި ޕޯޑިއަމްތަކަށްއަރާ ދައުވާކުރާބައެއްގެ ގޮތުގައެއްވެސް ނޫނެވެ. އެހެންނަމަވެސް ތިޔަ ރައްޔަތުންނަށް މަންފައާއި ލާބަ ހުރި އަދި ހުޅުދޫގެ ރައްޔަތުންނަށް ފާގަތި މުސްތަގުބަލަކަށް އެދޭ ދިވެހި ދަރިންގެ ހައިސިއްޔަތުން ހަމަ އެއްޗެކޭނުބުނެ ހަމައެކަނި ނަންބުނެފަ، އެއްކަލަ ހަށިގަޑުންބޮޑު ޅަ ކުއްޖާއުޅޭގޮތަށް ހަނުހުންނަން ބޭނުންނުވީއެވެ. އަޅުގަޑުމެން ބޭނުންވަނީ ހަމަ އެދުވަހުވެސް ބޭނުންވިގޮތަށް ތިޔަ ރައްޔަތުންނާއެކީ ތިޔަރައްޔަތުން އުޅޭހާލެއްގަ ތިޔަރައްޔަތުންނާއެކީ ވުމެވެ. މާ ސިންގާ ގަދަ ކަނޑުގެ ތެރޭގަ އެއްވެސް މިސްރާބެއްނެތި ދަތުރުކުރަމުންދާ ހުޅުދޫގެ މުސްތަގުބަލު އަޅުގަޑުމެންނަށް އެބަ ތަސައްވަރު ކުރެވެއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ހިއްސާކުރަމުންދިޔަ ހުޅުދޫގެ ރައްޔަތުންގެ ތެރެއިން މިއަދު އަޅުގަޑުމެންނަށް ފެންނަމުންމިދަނީ އަނެކާގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ބަދަލުގައި އެކަކު އަނެކަކަށް ޖެއްސުންކޮށް އެނެކާގެ ހައްގުތައް ނިގުޅައިގަތުމުގައި ތިމާގެ މުޅި ދުވަސް ހޭދަކޮށްލާތަނެވެ. އަޅުގަޑުމެންގެ ތެރޭގައި މިއަދަކު އާއިލީ އެއްބައިވަންތަކަމެއްނެތެވެ. އާއިލީބޮޑެތި މައްސަލަތަށް ގިނަވެ އާއިލާގަ ތިބި ޅަދަރިން ނިކަމެތިވެ ބިކަވެގެންދަނީއެވެ. މުޖުތަމަޢުގައި އޮތް އެކުވެރިކަމެއްނެތެވެ. މިތުރުން ވަނީ ހަތުރުންނަށް ބަދަލުވެފައެވެ. ސިޔާސީ ވިސްނުމުގައި ތިބެގެން ރަށުގެ އެއްބަޔަކު އަނެއްބަޔަކަށް ޖެހި ބަޢުދާދަށް ވީހެން ވީރާނަވެނިމެނީއެވެ. އަޕާޗޭ ހެލިކޮޕްޓަރުތަކުން އައިސް ބޮން ނޭޅިއެއްކަމަކު އެތަނެއްގަ އޮތް އިޖުތިމާއި، އާއިލީ އަދި ދުނިޔެވީ ފޭރާން ވީދުމަށްވުރެ ވަކި ބޮޑު ބޮމެއް އެބައޮތްތޯއެވެ.